logoEN
cocacola
އަކްޝޭގެ އައު ފިލްމު އަންނަ މަހު ސިނަމާތަކައް, ޓްރެއިލާ ދައްކާލައިފި

އަކްޝޭގެ އައު ފިލްމު އަންނަ މަހު ސިނަމާތަކައް, ޓްރެއިލާ ދައްކާލައިފި

އަހުމަދު ޝުރާއު

logo

6/18/2024, 10:52:41 AM

# އަކްޝޭ ކުމާރު

--

މަޝްހޫރު ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ އައު ފިލްމުގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ގޮސިޔާ

ސަރުފީރާގެ ނަމުން ނަންދީގެން ނެރޭ އަކްޝޭގެ މިއަހަރުގެ ދެވަނަ ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

މި ފިލްމަކީ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާއާ ފެނިގެން ދިޔަ 2020އަހަރުގެ ގެ ފިލްމެއް ކަމަށްވާ "ސޫރަރައީ ޕޮއްޓުރޫ" އަސްލަކަށް ބަލައިގެން އުފައްދާ ހިންދީ ފިލްމެކެވެ. އެ ފިލްމަކީ އިންޑިއާގެ ބަޖެޓް އެއާލައިން، "އެއާ ޑެކަން" އުފެއްދި ޖީއާރް ގޯޕިނާތު އެއާލައިން އުފެއްދުމަށް ކުރި މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

Watch on YouTube

އަކްޝޭގެ ސަރުފީރާ އުފައްދާފައިވަނީ ސޫރަރައީ ޕޮއްޓުރޫ އާއި ދާދި އެއްގޮތަކަށެވެ. ސަރުފީރާގެ ޑިރެކްޓަރަކީވެސް ކުރީގެ ފިލްމުވެސް ޑައިރެކްޓު ކުރި ސުދާ ގެ ޑައިރެކްޝެނެކެވެ. އަކްޝޭގެ ފިލްމުން ކުރީ ފިލްމުގެ މައި ލީޑް ސޫރިއާގެ ހާއްސަ ފެނިލުމެއް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރު އަކްޝޭގެ ތިން ފިލްމެއް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން ޓައިގާ ޝްރޮފް އާއި އެކު ކުޅުނު ބަޑޭ މިޔަން ޗޯޓޭ ވިޔާ މިހާރު ވަނީ ނެޓްފްލިކްސް އަށް ރިލީޒްކޮށްފައެވެ. އަދި ތިން ވަނަ ފިލްމު ކޭލް ކޭލް މޭ އޮގަސްޓު މަހު ރިލީޒް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ