logoEN
cocacola
މަށިމާލި ޕެރޭޑުގެ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއްގެ ގޮތުގައި - ޝިޔާމް

މަށިމާލި ޕެރޭޑުގެ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއްގެ ގޮތުގައި - ޝިޔާމް

އަހުމަދު ޝުރާއު

logo

6/18/2024, 6:54:47 AM

# އަހުމަދު ޝިޔާމް

--

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުން ފެނިގެން ދިޔަ ފުޅަނދުތަކާއި މެދު ދެކެނީ އެ ފުޅަނދުތަކަކީޯ ބިނާކުރުވަނިވި ފާޑުކިޔުންތަކެއްގެ ގޮތުގައި ކަމަށް ޝިޔާމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޝިޔާމް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އިއްޔެ ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ މަށިމާލި ޕްރޭޑުގައި ވަނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތަކަށާއި ނުފުއްދިފައިވާ ވައުދުތަކަށް ބިނާކޮށް މާލިތައް ހަދާފައި އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ މަސްވެރިކަމުގެ ދާއިރާއަށް ނިސަބަތްކޮށް ހަދާފައިވާ ފުޅަނދުތަކާއި މާލިތަކެވެ.

މި މާލިތަކާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށާއި ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށެވެ.

undefined--

ކޮންމެ އަހަރެއްގައި ވެސް އީދަށް އަންނަ އިރު އޭރެއްގެ އެންމެ ހިޓު މައުޟޫތަކަށް ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި ފުޅަނދާއި މާލެ ހަދައެވެ. މިއަދ އަހަރުގެ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވި މައްސަލައަށް ފުޅަނދުތައް ހަދާފައި ވެއެވެ.

undefined--

އަދި މާލި ތަކުގައި ތެރޭގައި ޓޫރިޒަމް މިނިސްޓަރަށާއި ރައްޔިތުން މަޖިލީހުގެ ރައީސަށް "ޖޯކު ޖަހައި" ޝުއޫރުތައް ފާޅުކޮށްފައި ހުރި ލިޔުން ހިފައިގެން މި ޕެރޭޑްގައި ވަނީ ހިނގާފައެވެ.

undefined--

ކުޅުދުއްފުށީ މަށިމާލި ޕެރޭޑު މީގެ ކުރިން ބޭއްވި އިރު އޭރުގެ ސަރުކާރުގެ ކަންކަމަށްވެސް ޖޯކު ޖަހައި ފުޅަނދާއި މާލި ހަދާފައި ވެއެވެ. މިއީ ކުޅުދުއްފުށީ ޒުވާނުން އިސްނަގައިގެން ކުރަމުން އަންނަ ރާއްޖޭގެ ގިނަ ބަޔެއްގެ ސަމާލުކަން ކޮންމެ އީދެއްގައިވެސް ހުއްޓޭ ހަރަކާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ