logoEN
cocacola
ކަޔާލީއިން ރާއްޖޭގެ ނަމުން ނަންދީގެން ޚާއްސަ ސެންޓެއް ނެރެނީ

ކަޔާލީއިން ރާއްޖޭގެ ނަމުން ނަންދީގެން ޚާއްސަ ސެންޓެއް ނެރެނީ

ސާރާ އަހުމަދު

logo

6/18/2024, 5:19:25 AM

# ކަޔާލީ

ކަޔާލީއިން ރާއްޖޭގެ ނަމުން ނަންދީގެން ނެރޭ ސެންޓު ފުޅި

ދުނިޔޭގެ މަޝްހޫރު ސެންޓު ބްރޭންޑް, ކަޔާލީއިން ރާއްޖޭގެ ނަމުން ނަންދީގެން ޚާއްސަ ސެންޓެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ކަޔާލީއިން ރާއްޖޭގެ ނަމުން ނަންދީގެން ނެރުމަށް ހަމަޖެހިފައިވަނީ " މޯލްޑިވްސް އިން އަ ބޮޓަލް : ޔެލަންގ ކޮކޯ " އެވެ. މިސެންޓަކީ ވެކޭ އިން އަ ބޮޓަލް މިނިއޭޗަރ ސެޓެއްގައި އެވެ. މި ސެޓުގައި އިތުރު 3 ގައުމެއްގެ ނުވަތަ ސިޓީއެއްގެ ނަމުން ނަން ދެވިގެން ނެރޭ ސެންޓުތައް ހިމެނެއެެވެ. އެއީ މޮރޮކޯގެ ސިޓީއެއް ކަމަށްވާ މަރްކޭޝްގެ ނަމުން ނަން ދެވިގެން ނެރޭ " މަރްކޭޝް އިން އަ ބޮޓަލް : އޮރެންޖު ބްލޮސަމް " އާއި އިޓަލީގެ ސިޓީއެއް ކަމަށްވާ ކެޕްރީގެ ނަމުން ނަން ދެވިގެން ނެރޭ " ކެޕްރީ އިން އަ ބޮޓަލް: ލެމަން ޝުގާ " އަދި ހަވާއީގެ މައުއީގެ ނަމުން ނަން ދީގެން ނެރޭ : މުއުއީ އިން އަ ބޮޓަލް : ސްވީޓް ބަނާނާ " އެވެ.

ރާއްޖޭގެ ގެ ނަމުން ނަން ދެވިގެން ނެރޭ "މޯލްޑިވްސް އިން އަ ބޮޓަލް : ޔެލަންގ ކޮކޯ" ގައި ހިމެނެނީ ރޯޒް މެރީ, ވައިލްޑް ލެމަން , ސްޓާ ފްރުޓް , ބަނާނާ ބްލޮސަމް, ޔްލަންގް, އަދި ކޮކޮނަޓް މިލްކުގެ ނޯޓް ތަކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ނޯޓްތަކުގައި ހިމެނޭ ހުރިހާ ޖޫސްތަކެއްވެސް ތައްޔާރުކޮށްފައިވަނީ ފްރާންސްގައި އެވެ.

undefinedކަޔާލީއިން ނެރޭ ވެކޭ ޕެކް

މި ސެންޓު ފުރަތަމަ ބާޒަރަށް ނެރެނީ 10 އެމްއެލްގެ ފުލީގައި ކަމަށް ކަޔާލީ އިން ވަނީ ބުނެފައި އެވެ.

ކަޔާލާއިން ބުނާ ގޮތުގައި މި ސެންޓުތަކަކީ ވަކި ވަކިން ވެސް ބޭނުންކުރެވޭ ނުވަތަ ލޭޔަރ ކޮށްގެންވެސް ބޭނުން ކުރެވޭނެ ސެންޓުތަކެކެވެ.

4 ސެންޓު ފުޅި އެއްކޮށް ގަނެވޭ ކަޔާލީ ވެކޭ ޕެކުގެ އަގު އުޅެނީ 105 ޑޮލަރަށެވެ. ނުވަތަ 1616 ދިވެހި ރުފިޔާއަށެވެ. މި ސެންޓު ރަސްމީކޮށް ބާޒަރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ކަޔާލީ އަކީ ރާއްޖޭގައިވެސް މިހާރު ވަރަށް މަޝްހޫރު ސެންޓު ބްރޭންޑެކެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ސެންޓު ފިހާރަތަކުންވެސް ކަޔާލީގެ ސެންޓު މިހާރު ގަންނަން ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ