logoEN
cocacola
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު އުކުޅަހުގައި!

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު އުކުޅަހުގައި!

އަހުމަދު ޝުރާއު

logo

6/14/2024, 6:35:25 PM

# އެޑިއުކޭޝަން މިނިސްޓްރީ

އުކުޅަސް ކޮންވެންޝަން ސެންޓަރު

7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް، އުކުޅަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

ގޮސިޔާ

ސެޕްޓެމްބަރު މަހުގެ 28 އިން 30 އަށް ބާއްވާ މި ކޮންފަރެންސް އަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި, 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ޙައްލު ކުރައްވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ފުރުޞަތު 31 ޖުލައި 2024 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ