logoEN
cocacola
ފިއުޗާ ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ވެލިދޫއަށް

ފިއުޗާ ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ވެލިދޫއަށް

ހަސަން ޝަމްއޫން

logo

6/8/2024, 2:46:10 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024

ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީއާ ވެލިދޫ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވެލިދޫ ޔުނައިޓެޑާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 36-29 ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ވެލިދޫ ޔުނައިޓެޑުން ހޯދައިފި އެވެ.

ގޮސިޔާ

ފިއުޗާ ސްޕޯޓްސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވެލިދޫ ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުމް މޮޅުވިއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13-11 ގެ ނަތީޖާއަކުން ވެލިދޫ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތައް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެލިދޫ އިން ވަނީ އިތުރު 23 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީއަށް ކާމިޔާބުކުރެވުނީ 18 ލަނޑެވެ.

އެގޮތުން މިމެޗުގައި ވެލިދޫ ޔުނައިޓެޑުގެ މުހައްމަދު ޔަޝްމު އަހުމަދު 12 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު ރައުލް ހަތް ލަނޑު، ރާއިދު ރަޝީދު ހަ ލަނޑު، މުހައއމަދު އަފްއާން އާތިފް ފަސް ލަނޑު، އަހުމަދު އުމޭސް ހަތަރު ލަނޑު އަދި އަބްދުﷲ ޒަހުވާން އިމްތިޔާޒް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީގެ އަހުމަދު ސާއިފް ނައިމް ނުވަ ލަނޑު، އަހުމަދު ރަޒުނީ މުހައްމަދު އަށް ލަނޑު އަދި ސަލާމް އަހުމަދު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ މުހައްމަދު އީމާއު އަބްދުﷲ، އިބްރާހިމް ހައިޝަމް އަބްދުﷲ، ހައްމާދު ނާބިތު ހަސަން އަދި މުހައްމަދު ނާފިއު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝައިހާން ޝައުކަތް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑުގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ