
މޭޔަރުގެ އަމާޒު: މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސް ތަރީގެ ފާހާނާތަކެއް ތަރައްޤީކުރުން!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ# މާލެ ސިޓީ ކައުންސިލް# މޭޔަރު އާޒިމްމޭޔަރާއި އިސްލާމިކް މިނިސްޓަރ
އަމާޒަކީ ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އެންމެ މަތީ ފަންތީގެ ފާހަނާތަކެއް ތަރައްޤީކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ އާޒިމް މިފަދައިން ވިދާޅުވީ މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ. އެބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހުންނާނީ 5 ތަރީގެ ރީތި ފާހާނާތަކެއް ކަމަށާއި އެކަމަށް އަމާޒުހިފައި މިހާރު އެކަމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
އަޅުގަނޑުގެ އަމާޒެއް މިސްކިތުގެ ފާހަނަތަކަކީ 5 ތަރީގެ ފަހާނަތަކަކަށް ހެދުން، އެކަމަށް މިހާރު މަސައްކަތް ފަށައިފިން . އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ގެއެއްގެ ފާހާނާއަށް ވަދެ ބަލާލާއިރު އެތަން ރީތިކޮށް ހުރެއްޖެނަމަ އެގެއަކީ ސާފުތާހިރު ބަޔަކު އުޅޭ ތަނެއް ކަމަށެވެ. އަދި ހާއްސަކޮށް މިސްކިތެއްގެ ފާހާނާއަކަށް ވަނުމަށްފަހު އެ ތަނުގައި ހުރި ނަޖިހާ އެއްކޮށް މިސްކިތަށް އެރިއްޖިއްޔާ އެއީ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. ކަމެއް ކުރުމުގައި ދަތިކަމެއް ކުރިމަތިވި ނަމަވެސް އެއީ އެކަމެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އިތުރު ހިތްވަރާ އަޒުމާއެކު އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
ދާދި ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ ރާއްޖޭގެ މިސްކިތްތައް ސާފުކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ހަމައެކަނި ދިވެހިން ކުރާ ގޮތަށް ހަމަޖައްސައި އެކަމަށް މުވައްޒަފުންވެސް ނަގާފައި އެވެ. ރޭގެ ބައްދަލުވުމުގައި އެމުވައްޒަފުން ބައިވެރިވި އެވެ.
ގުޅުންހުރި

މޭޔަރު އާޒިމަށް ދިން ހަމަލާ ނަޝީދު އާއި ސޯލިހް ކުށްވެރިކުރައްވައިފި: ސަލާމަތީ ބާރުތަކަށް ގޮވާލެއްވީ ތަހުގީގު އަވަސްކުރަން!

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން 5،000 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ސަޢުދީގެ އަލްރަޖްޙީ އާއިއެކު ސޮއިކޮށްފި




