logoEN
cocacola
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަަކަށް“ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން”!

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަަކަށް“ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން”!

އަހުމަދު ޝުރާއު

logo

5/26/2024, 8:03:49 AM

# މިނިވަން ދުވަސް

ރައީސް މުއިއްޒު

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިޢާރަކީ “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

ގޮސިޔާ

މިކަން އިޢުލާން ކުރައްވާފައި ވަނީ އިއްޔެ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ދިޔަ މި ވުޒާރާގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިގާފަތާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

އެހެން އަހަރުތަކާ ޚިލާފަށް ސަރުކާރުން ވަނީ މިއަހަރު އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތަފްސީލުތައް އިއްޔެގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވާފައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި މިނިވަން ދުވަހުގެ ޚާއްސަ ޖަލްސާ ބޭއްވުމާއި, ދިދަ ނެގުމުގެ ރަސްމިއްޔާތާއި, ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުގެ އިތުރުން, ހެވިކަމާއި ކުޅިވަރު, ފުޅަނދުބުރު, ކާނިވާ, މިނިވަން ދުވަހުގެ ހާއްސަ ދުވުން, ސާގާފީ ޝޯ އާއި ކާބޯތަކެތީގެ މައުރަޒު, ކުޑަކުދީންގެ ހަވީރު, ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު, އިސްރަށްވެހީންގެ ބައްދަލުވުން އަދި ސްޓޭޖް ޝޯތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން ކުރިއަށް ގެންދާ ދިވެހި ޤައުމިއްޔަތުގެ ހާއްސަ މަޝްރޫޢުގެ މުހިންމު އެއް ބަޔަކީ “އަމިއްލަވަންތަކަމެވެ”. މިއަހަރުގެ މިނިވަންދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ޤައުމިއްޔަތުގެ މި މުހިންމު ސިފައާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ