logoEN
cocacola
 ބޯންމައުތު ބަލިކޮށް ޗެލްސީ އިން ޔޫރަޕްގެ ޖާގައެއް ކަށަވަރުކޮށްފި

ބޯންމައުތު ބަލިކޮށް ޗެލްސީ އިން ޔޫރަޕްގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

5/20/2024, 12:00:18 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# ޗެލްސީ# ބޯންމައުތު

ޗެލްސީ ކުޅުންތެރިން ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބޯންމަތު ބަލިކޮށް ޗެލްސީ އިން ޔޫރަޕްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގޮސިޔާ

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފައިވައިރު، މިއީ 2020/21 ވަނަ ސީޒަނުގެ ފަހުން އެޓީމު ލީގުގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިދެޓީމު މިސީޒަނުގައި ބޯންމައުތުގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެކުއެކޯ މިޑްފިލްޑަރު މޮއިސަސް ކައިސެޑޯ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޗެލްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމުގެ ޒުވާން މިޑްފިލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

ނަމަވެސް ޖެހިގެންއައި މިނެޓުގައި ބޯންމައުތުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑަކީ ބޯންމަތުގެ ކުޅުންތެރިއެއް ޗެލްސީގެ ގޯލަށް ފޮނުވާލި ހަމަލައެއް ދިފާއުކުރަން އުޅުމުގެތެރޭގައި ޗެލްސީގެ ޑިފެންޑަރު ބެނޮއިޓް ބަޑިއާޝިލޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-2 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ޗެލްސީއަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ހަ ވަނައިގައެވެ. މިއާއެކު ޗެލްސީއަށް ޔޫރަޕްގެ ޖާގައެއް ވަނި ކަށަވަރުވެފައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތުން ލީގުގައި ކުޅުނު 38 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ 12 ވަނައިގައެވެ.

މިވަގުތު ލީގު ތާވަލުގެ ތަރުތީބު އޮތް ގޮތުން އަންނަ ސީޒަނުގައި ޗެލްސީ ވާދަކުރަންޖެހޭނީ ޔުއެފާ ކޮންފަރެންސް ލީގުގައެވެ. ނަމަވެސް އަން ހޮނިހިރު ދުވަހު ކުޅެވޭ އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ ވާދަކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ޗެލްސީއަށް ޔުރޮޕާ ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އޭރުން ޔުއެފާ ކޮންފަރެންސް ލީގުގެ ޖާގަ ލިބިގެންދާނީ ލީގު ތާޗަލުގެ ހަތްވަނައިގައި ސީޒަން ނިންމާލި ނިއުުކާސަލް ޔުނައިޓެޑަށެވެ.

ނަމަވެސް އެފްއޭކަޕް، މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިނަމަ، ޔުރޮޕާ ލީގުގެ ދެވަނަ ޖާގަ ލިބިގެންދާނީ އެޓީމަށެވެ. އަދި ޗެލްސީ ވާދަކުރަންޖެހޭނީ ޔުއެފާ ކޮންފަރެންސް ލީގުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ