
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު އެހީ!
# ސައުދީ ފަންޑުސައުދީ ފަންޑާއި ރާއްޖެ އާއި ދެމެދު ސޮއިކުރުން
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުން ދިވެހި ސަރުކާރަށް ލޯނު އެހީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މިލޯނު އެހީއާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑުގެ ވެރިޔާ ސުލްތޯން އަލްމަރްޝާދު އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީއިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ވަނީ ނިންމާފައި އެވެ. ސަރުކާރުން ބުނާ ގޮތުގައި މި ލޯނުގެ އެހީގައި 150 އެނދުގެ 3 ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވިދާޅުވީ، ރާއްޖޭގެ އެކިއެކި މަޝްރޫއުތަކަށް އެހީވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ތިން ލޯނާއި އެކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މި ހޮސްޕިޓަލްތަކުގެ ސަބަބުން އެންމެ ރަނގަޅު ފަރުވާ ނުލިބޭ ރަށްތަކުގެ ރައްޔިތުންނަށް ވެސް އެފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސައުދީ ފަންޑުން މިއަދު ވަނީ ވީއައިއޭ ތަރައްޤީކުރުމަށްވެސް ލޯނު އެހީ ދީފައި އެވެ. އެގޮތުން އެމަޝްރޫއަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ވަނީ ލޯނު އެހީގެ ގޮތުގައި ދީފައި އެވެ..