
ކަރޯކޭ ނައިޓް
ޒުވާނުންނަށް އަމާޒުކޮށްގެން މާލޭގައި ކަރޯކޭ ނައިޓެއް ބޭއްވުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމެންޓް, އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފި އެވެ.

އެމިނިސްޓްރީއިން ބުނީ މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 20:30 އިން 00:00 އާއި ހަމައަށް ކަމަށެވެ.
މި ހަރަކާތް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގެ ހަރުގޭގައި އެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.
ޔޫތު މިނިސްޓްރީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް އަމާޒުކޮށްގެން އިޖުތިމާއީ އެކި ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އެކި ފަންނުގެ ޒުވާނުންނަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ އައު މެނޭޖްމެންޓާއި އެކު ވެތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
ގުޅުންހުރި

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އޯޕަން ޑޭއެއް ބާއްވަނީ

ސަރުކާރުން ނިންމާ، ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެ: މިނިސްޓަރ

ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް އިންސާނީ ވަސީލައްތައް ފޯރުކޮށްދިނުމުގައި މިނިސްޓްރީ ދެމިއޮންނާނަން: އަސްވާޑު

.gif&w=3840&q=75)



