logoEN
cocacola
ސްލޮވާކިއާގެ ރައީސް އަވަހާރަކޮށްލަން ބަޑިޖެހި މީހާ ހައްޔަރުކޮށްފި

ސްލޮވާކިއާގެ ރައީސް އަވަހާރަކޮށްލަން ބަޑިޖެހި މީހާ ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

5/15/2024, 3:45:27 PM

# ސްލޮވީކިޔާ

ފިކޯއަށް ހަމަލާދިން ވަގުތު

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ ހަށިކޮޅަށް ބަޑި ޖެހި މީހާ ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކުރެއްވީ އެގައުމުގެ ރައީސް ކަޕުޓޯވާ އެގައުމާއި މުހާތަބްކުރައްވާ ދާދި ދެންމެ އަކު ދެއްވި ބަސްދީގަތުމެއްގައި އެވެ. އެގޮތުން ކަޕުޓޯވާ ވަނީ ބޮޑު ވަޒީރު ފިކޯއަށް ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އިތުރު މައުލޫމާތު ދޭނެ ކަމަށް ވިދާޅުވެފައި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯ އަވަހާރަކޮށްލަން ދިން މި ހަމަލާގައި ފިކޯއަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި އެވެ. ހަމަލާގައި ޒަހަމްވުމާއި އެކު ފިކޯ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހަމަލާ އަމާޒުވި އިރު ހުންނެ ސަރަހައްދާއި ގާތުގައި ހުރި ހޮސްޕިޓަލަކަށެވެ. އެޔަށް ފަހު މިހާރު ހެލިކޮޕްޓަރުގައި ބަންސްކާ ބައިސްޓިކާގެ ބޮޑު ޓްރޯމާ ސެންޓަރަކަށް ފިކޯ ވަނީ ބަދަލުކޮށްފައި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފިކޯގެ ހަށިކޮޅަށް ހަތަރު ވަޒަން ވަނީ އަމާޒުވެފައި އެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ބަޑީގެ ހަމަލާ ދީފައި ވަނީ ސްލޮވާކިއާގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ހޭންޑްލޯވާގައި ބޭއްވި އޮފް ސައިޓް ސަރުކާރުގެ ބައްދަލުވުމަކަށް ފަހު ރައްޔިތުންނާއި ފިކޯ ސަލާމްކުރައްވަމުން ގެންދަވަނިކޮށެވެ.

ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ އަކީ ބައްދަލުވުން ބޭއްވި ސަގާފީ މަރުކަޒުގެ ބޭރުގައި މަގުމަތީގައި ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް އިންތިޒާރު ކުރަމުން ދިޔަ މަދު ބައެއްގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ފިކޯގެ ރަސްމީ ފޭސްބުކް ޕޭޖާއި އޭނާގެ ޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާއަކީ ފިކޯ އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށެވެ.

"އެތައް ފަހަރަކު ބަޑި ޖަހާފައިވާއިރު މިހާރު އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް އެބައޮތް. ކުރިއަށް އޮތް މަދު ގަޑިތަކަކީ ވަރަށް ނާޒުކު ވަގުތަކަށް ވާނެ،" ބަޔާނުގައި ވެ އެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ