logoEN
cocacola
ވިނީގެ ދެލަނޑާއެކު އަލަވޭސް އަތުން  ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ވިނީގެ ދެލަނޑާއެކު އަލަވޭސް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

5/15/2024, 3:17:12 AM

# ލަލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# އަލަވޭސް

ވިނީޝިއަސް އަދި ބެލިންހަމް އަލަވޭސް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެންޕިއަން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ތިން ލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.

މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކުރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން މިއީ މިސީޒަމުގައި ލީގުގައި ކުޅުނު 27 މެޗުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

ރެއާލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކަމަވިންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއަސް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗު ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިފެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުމް މިހާފުގައި އަލަވޭސް އިން ރެއާލްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލްކީޕަރު ޓީބޯ ކޯޓުއާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި ރެއާލް މެޑްރިޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮސްދިނީ ވިނީޝިއަސް އެވެ. މިއީ މިސީޒަމުގައި ލީގުގައި ކުޅުނު 25 މެޗުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު އަޑާ ގުލާއެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން ރެއާލް މެޑްރިޑަށް 93 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ބާސެލޯނާ އާއި އެޓީމާ ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި މިމެޗުން ބަލިވި އަލަވޭސް އިން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 42 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ