
މިނިސްޓަރ ޒަމީރު
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މިނިސްޓަރ ޒަމީރު ގަތަރަށް ވަޑައިގެންނެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެދަތުރުފުޅަކީ އެމަނިކުފާނު މިނިސްޓަރ ކަމުގައި ގަތަރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅެކެވެ.
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ޤަތަރު ސްޓޭޓްގެ ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އައްޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބައްލަވާލައްވައި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.. މިނިސްޓަރު ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިވެ ޑިޕްލޮމެޓިކް ގުޅުން ބަދަހިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ.ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ.ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި
-1752086648962.webp&w=3840&q=75)
ރާއްޖެއާއި ޑޮމިނިކާއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުމެއް!

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޚާރިޖީ ވަޒީރު ޚަލީލް، ކުވޭތުގެ ވަގުތީ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
.webp&w=3840&q=75)