logoEN
cocacola
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި!

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި!

އަލްފާ އަލީ

logo

5/12/2024, 2:49:15 PM

# މޫސުން

--

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

ގޮސިޔާ

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ. މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިއަދު އިރުއޮއްސި 6:45 އިން ފެށިގެން މިރޭ 10:45 އާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހުޅަނގު މޫސުން މިހާރު ފެށިފައިވާއިރު މި މަސް ނިމޭ އިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ