logoEN
cocacola
ދެއްވަދޫ ކަނދުފަތި މެރަދޫ ބޭރުގައި ގާއިމްކޮށްފި

ދެއްވަދޫ ކަނދުފަތި މެރަދޫ ބޭރުގައި ގާއިމްކޮށްފި

އަލްފާ އަލީ

logo

5/11/2024, 3:28:00 PM

# މަސްކަނދުފަތި

--

ގއ. މެދަރޫ ބޭރުގައި މަސްކަނދުފަތި ގާއިމްކޮށްފި އެވެ.

ގޮސިޔާ

ފިޝަރީޒް މިނިސްޓްރީން ބުނީ، ގއ. ދެއްވަދޫ ކަނދުފަތި. އެއަތޮޅު މެރަދޫގެ ހުޅަނގު އުތުރުން 17 މޭލު ބޭރުގައި މިއަދު ގާއިމުކޮށްފއި ވާކަމަށެވެ. މި ކަނދުފޮއްްޗަށް ދީފައިވާ ނަންބަރަކީ O08D01-01 ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

View post on Twitter

ފިޝަރީޒް މިިނިސްޓްރީން އަންނަނީ ކަނޑައިގެން ގޮސްފައިވާ މަސްކަނދުފޮތިތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމިނިސްޓްރީން މި މަސައްކަތް ކުރަނީ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުންނެވެ.

ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ މަނާކެމެކެވެ. މިގޮތުން އެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ