
މިނިސްޓަރ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
# މޫސާ ޒަމީރު# ރާއްޖެ-އިންޑިއާމިނިސްޓަރ ޒަމީރު އިންޑިއާގައި
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހު އެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރެއްވި އެވެ.
މިނިސްޓަރު ޒަމީރު ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ނިއުދިއްލީއަށް ޒިޔާރަތްކޮށް ދިރިއުޅެމުންދާ ދިވެހިންނާއި ވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އިންޑިޔާގެ މީޑިއާތަކާ ބައްދަލުކުރައްވައި، ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.