logoEN
cocacola
ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޒަރީރު

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޒަރީރު

# ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން# ރައްޔިތުންގެ މަޖިލިސް

ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ކުރީގައި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

ގޮސިޔާ

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ދެ ބޭފުޅެއްގެ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވިއެވެ. އެގޮތުން ރައީސަށް ފެނިވަޑައިގަންނަވާ ތަރުތީބުން އެ ނަންތައް މަޖިލީހަށް ފޮނުއްވީ 13 މާރިޗުގައެވެ.

އެގޮތުން ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަކީ ކުރީގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އަދި، އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.

އެގޮތުން އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގައި ޔަޒީދަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި ޒަރީރަށް ރުހުން އޮތް ކަމަށް 10 މެންބަރަކު ވޯޓުދެއްވިއެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީގެ ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވީ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ތ. ތިމަރަފުށީ ދާއިރާއަށް ވާދަކުރެއްވުމަށެވެ. އެހެން ނަމަވެސް އެ އިންތިހާބުން ފަތުހުﷲއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ