logoEN
cocacola
މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލުން ހިޔާނާތްތެރިވި އިތުރު ބަޔަކު ވޭތޯ ބަލަނީ

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލުން ހިޔާނާތްތެރިވި އިތުރު ބަޔަކު ވޭތޯ ބަލަނީ

އަހުމަދު ޝުރާއު

logo

5/5/2024, 3:11:02 PM

# ފުލުހުން

މެގަޓްރޯން މޮޓޯސްގެ ނަމުގައި ހިންގަމުން ދިޔަ އިންސްޓަގްރާމް އައިޑީ

ރާއްޖެއިން ބޭރުން ރާއްޖެއަށް ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅިގެން ގެއްލުންލިބުނު އިތުރު ބަޔަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދަނީ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.

އެގޮތުން ފުލުހުން ވަނީ ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާކަން ހާމަކޮށްފައި އެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ މި މައްސަލާގައި ގެއްލުން ލިބުނު އިތުރު ބަޔަކު ވޭތޯ ބެލުމަށް އިއުލާންކޮށްފައި އެވެ.

އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ގަޑި ވިއްކަމުން ދިޔަ މޯލްޑިވްވޭވް ކުންފުނީގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެއްކަން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ