ވެހިކަލް ސްކޭމުގައި އިތުރު ބަޔަކުޖެހިފައިވާނަމަ ފުލުހަށް ރިޕޯޓްކުރަން އެދެފި
އަހުމަދު ސަދޫފް މޫސާ
5/5/2024, 6:43:57 AM
ފުލުހުންގެ މައި އިމާރަތް
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިފައިވާކަމަށް ތުހުމަތުކުރެވޭ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލްގެ ސްކޭމްގައި އިތުރު މީހުން ޖެހިފައިވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އެ އިދާރާއިން އެދެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ވެހިކަލް ގެނެސްދޭނެކަމަށްބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
އެހެން ކަމުން އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ މި ހިނގާ މޭއި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ޙިއްސާކުރުމަށް އެދޭ ކަމަށެވެ.
އަދި އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.