logoEN
cocacola
ގެނބެމުންދިޔަ ދިވެއްސަކު ސަލާމަތްކުރީ ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިން

ގެނބެމުންދިޔަ ދިވެއްސަކު ސަލާމަތްކުރީ ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިން

އަލްފާ އަލީ

logo

5/4/2024, 1:25:12 PM

# ފުލުހުން

--

ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި ހަނީމޫނު ހޭދަ ކުރަމުންދިޔަ ޓޫރިސްޓު ދެމަފިރިއަކު މޫދަށް ގެނބެމުންދިޔަ ދިވެއްސެއް ސަލާމަތް ކޮށްފިއެވެ.

ގޮސިޔާ

ބ. އަތޮޅު ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު، ޑިއުޓީގައި ހުރި މުވައްޒަފަކު ވޯޓާ ވިލާއެއް ކައިރިން މޫދަށް ވެއްޓިގެން ކަމަށެވެ.

އޭނާ ސަލާމަތައް އެދެމުން ދަނިކޮށް ސަލާމަތްކޮށްދީފައިވަނީ އެ ރިސޯޓުގައި ހަނީމޫން ޗުއްޓީ ހޭދަކުރަމުން ދިޔަ ދެމަފިރިން ކަމުގައިވާ ޖޯރޑަން ޑަނިއެލް ވެން ޑައިކް އާއި ޑެނިއޭލް ޑީ ބްރުއީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މޫދަށް ވެއްޓުނު މުވައްޒަފަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީ އެ ދެމަފިރިން އެ ވަގުތު ކުރި މަސައްކަތުން ކަމަށެވެ. އަދި އެ ދެމީހުންގެ ހިއްވަރުގަދަކަން ފާހަގަކޮށް ބ އަތޮޅު ފުލުހުންގެ ފަރާތުން ވަނީ އެ ދެމަފިރިންނަށް ހާއްސަ ހަދާނީ ފިލައެއް އަރުވާފައެވެ.

ފުލުހުން ވަނީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ވެދިން އެހީތެރިކަން ފާހަގަ ކޮށް އެ ދެމަފިރިންނަށާއި އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދިޔަ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ