logoEN
cocacola
ދިވެހި ފޮޓޯގްރާފަރުންނަށް އުފާވެރި ހަބަރެއް: ކެމެރާއެލްކޭގެ އައުޓްލެތެއް ރާއްޖެއަށް!

ދިވެހި ފޮޓޯގްރާފަރުންނަށް އުފާވެރި ހަބަރެއް: ކެމެރާއެލްކޭގެ އައުޓްލެތެއް ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

5/2/2024, 5:31:47 PM

# ކެމެރާއެލްކޭ

ކެމެރާ އެލްކޭގެ އައުޓްލެޓެެއް ލަންކާގައި

ލަންކާގައި ފުޅާދާއިރާއެއްގައި ކެމެރާގެ ވިޔަފާރި ކުރަމުން އަންނަ ކެމެރާއެލްކޭގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވުމަށް ނިންމައިފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށް މިއަދު ކެމެރާއެލްކޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާއި ކެމެރާއެލްކޭގެ މެނޭޖިންގ ޑިރެކްޓަރ އަނުޝްކާ ވަނީ ފޭސްބުކުގައި ޕޯސްޓެއް ވަނީ އާންމުކޮށްފައި އެވެ.

އެގޮތުން ކެމެރާއެލްކޭގެ އައުޓްލެޓެއް އެގައުމުން ބޭރުގައި ހުޅުވަން ނިންމާފައިވާކަން ހާމަކޮށް އެއައުޓްލެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި ކަން ވަނީ ހާމަކޮށްފައި އެވެ.

ކެމެރާއެލްކޭގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވާނެކަން އިއުލާނުކުރި ނަމަވެސް ހުޅުވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭގައި ހުޅުވުމަށް ނިންމާފައިވާ އައުޓްލެޓް ވެގެންދާނީ އެކުންފުނިން ސްރީލަންކާއިން ބޭރުގައި ހުޅުވާ ފުރަތަމަ އައުޓްލެޓަށެވެ. ދެކެު އޭޝިއާގައި އެންމެ ފުޅާދާއިރާއެއްގައި ފޮޓޯގްރަފީ އައި ސިނަމޮޓޮގްރަފީގެ ކެމެރާއާއި ސާމާނު ވިއްކަމުން އަންނަ ކެމެރާއެލްކޭއިން ލަންކާގައި 4 އައުޓްލެޓެއް ހުޅުވާފައި ވެއެވެ.

ކެމެރާއެލްކޭއަކީ ދިވެހިން ފޮޓޯގްރާފަރުންގެ މެދުގައި ވަރަށް މަޝްހޫރު ވިޔަފާރިއެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ފޮޓޯގްރާފަރުން ކެމެރާއާއި ކެމެރާއާއި ގުޅޭ ގިނަ ސާމާނުތައް ގަންނަނީ ކެމެރާއެލްކޭއިންނެވެ. ކެމެރާއެލްކޭއިން މަޝްހޫރު ނިކޮން.ކެނޮން އަދި ސޮނީގެ އިތުރުންވެސް މަޝްހޫރު އެތައް ބްރޭންޑެއްގެ ކެމެރާތައް ވިއްކައެވެ. އަދި ކެމެރާ ލައިޓްތަކާއި ކާޑުތަކުގެ އިތުރުން ކެމެރާއާއި ގުޅޭ ހުރިހާ ސާމާނެއް ކަހަލަ ގޮތަކަށް ވިއްކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ