logoEN
cocacola
އެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް ފަށައިފި

އެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް ފަށައިފި

# ޑައިވިންގ# ބާވާ# ސްކޫބާޕްރޯ# އެމްއޭ ސާވިސަސް

އެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް

އެމްއޭ ސާވިސަސް ޕްރައިވެޓް ލިމިޓެޑް އިން ބާވާ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ގޮސިޔާ

ވަކިވަކިން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްތަކަކީ ޑައިވަރުންނާއި, ޑައިވިންގ ސެންޓަރު ތަކުގައި މަސައްކަތްކުރާ ފާރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓް ކުރައްވަނީ, ޕްރޯ ސްކޫބާ ޓެކްނޮލޮޖީގެ ފަރާތުން ރޮބް ޕެޓްރިޖް އެވެ. އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓް ކުރައްވަނީ ސްކޫބާޕްރޯ އޭޝިއާގެ ފަރާތުން ޖޯން ސެޑޯން އެވެ.

undefinedއެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް

ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި, ހައި ޕްރެޝަރު ބްރީތިންގ އެއާ ކޮމްޕްރެޝަރުގެ ޓެކްނޮލޮޖީ އާއި ރައްކާތެރިގޮތުގައި ކޮމްޕްރެޝަރު ބޭނުންކުރާގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އަދި ރައްކާތެރިކަމާއެކު ކޮމްޕްރެޝަރު ބަލަހައްޓާނެ ގޮތާއި, ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެ ގޮތްވެސް މި ޕްރޮގްރާމުގެ ބައިވެރިންނަށް ހިއްސާކުރެވޭނެ އެވެ.

އެމްއޭ ސާވިސަސް އިން ކުރިއަށް ގެންދާ ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމުގައި ސްކޫބާ ޑައިވިންގ ރެގިއުލޭޓަރުގެ ބޭނުމާއި އަދި ރެގިއުލޭޓަރަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަސާސީ ތަމްރީން ދެވިގެންދާނެ އެވެ. މީގެ އިތުރުންވެސް ރެގިއުލޭޓަރުގެ ސްޕެއާ ޕާޓްސް ދެނެގަތުމާއި އޯޑަރު ކުރުމާއި އަދި ރެގިއުލޭޓަރު ރައްކާތެރިގޮތުގައި ބަލަހައްޓާނެ ގޮތް ހިއްސާކުރެވިގެން ދާނެ އެވެ.

undefinedއެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް

މި ދެ ޕްރޮގްރާމުގައި ޖުމްލަ 105 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި 35 ބައިވެރިން އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމްގައި 70 ބައިވެރިންނެވެ.

މިފަދަ ޕްރޮގްރާމްތަކެއް ހިންގުމުގެ މަގްސަދަކީ ޑައިވް ސެންޓަރުތަކުން ދެމުން އަންނަ ހިދުމަތްތަކަކީ ރައްކާތެރިކަން ކަށަވަރުކުރާ ހިދުމަތްތަކަކަށް ހެދުމާއި, އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ޑައިވިންގ މަންޒިލަށް ހެދުން ކަމަށް އެމްއޭ ސާވިސަސް އިން ވަނީ ބުނެފައެވެ. މި ޕްރޮގްރާމްތަކަކީ އެމްއޭ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޢާޞިމް ސައިމަން ގެ އިސްނެގުމާއެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

undefinedއެމްއޭ ސާވިސަސް އިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ތަމްރީން ޕްރޮގްރާމެއް

އެމްއޭ ސާވިސަސް އިން އަންނަނީ ޑައިވިން ސެންޓަރުތަކާއި ސަފާރީ އުޅަނދުފަހަރާއި ފަޔަރ ސްޓޭޝަންތަކާއި އެހެނިހެން ތަންތަނަށް ބޭނުންވާ ބްރީތިންގ އިކުއިޕްމެންޓް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި އެމްއޭ ސާވިސަސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު ޑައިވިންގ ކޮމްޕްރެޝަރ ބްރޭންޑް, ބާވާ (BAUER)ގެ ދިވެހިރާއްޖޭގެ އެޖެންޓް އެވެ. މީގެ އިތުރުންވެސް ސްކޫބާޕްރޯ, ރެނާ, ކޭއެސްއައި ފަދަ ދުނިޔޭގެ ނަންމަޝްހޫރު ޑައިވިންގ އިކުއިޕްމެންޓްސް އެމްއޭ ސާވިސަސްއިން ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ