logoEN
cocacola
ޔަހޫދީ އިސްރާއީލުގެ ދެ ގެއަކަށް ހިޒްބުالله ޖަމާއަތުން ހަމަލާދީފި

ޔަހޫދީ އިސްރާއީލުގެ ދެ ގެއަކަށް ހިޒްބުالله ޖަމާއަތުން ހަމަލާދީފި

އަހުމަދު ޝުރާއު

logo

5/1/2024, 5:19:53 PM

# އިސްރާއިލް

ޔަހޫދީ އިސްރާއީލުގެ ދެގެއަކަށް ހިޒްބުالله ޖަމާއަތުން ހަމަލާދީފައިވާކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އަލްޖަޒާރާއާއި އެ ޖަމާއަތުން ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ އަވަށެއް ކަމަށްވާ ޝްޓޯލާގެ ދެ ގެއަކަށް ހަމަލާދީފައި ކަމަށެވެ.

އެ ޖަމާއަތުން ބުނީ މި ހަމަލާއަކީ ލުބުނާނުގެ ދެކުނުގެ ހަރުދަނާ އަވަށްތަކަށާއި އާންމުންގެ ގެތަކަށް އިސްރާއީލުގެ ދުޝްމަނުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

އިސްރާއީލުގެ ޝްތޫލާގެ ގެތަކަށް ލުބުނާނުގެ ޖަމާއަތުން ދިން ހަމަލާއެއް އިޒްރޭލުގެ އާމީ ރޭޑިއޯއިން ކަށަވަރުކޮށްދީފައިވާއިރު، އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިޒްރޭލުގެ އާމީ ރޭޑިއޯއިން ވަނީ ބުނެފައެވެ.

މި ހަމަލާތައް ދީފައިވަނީ އެންޓި ޓޭންކް މިސައިލް ބޭނުންކޮށްގެން ކަމަށްވެސް ޔަހޫދީ އިސްރާއީލުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ