logoEN
cocacola
އެއްގަމު މަގުން ރަފަޙްއަށް ޙަމަލާދޭނަން: ނަތަންޔާހޫ

އެއްގަމު މަގުން ރަފަޙްއަށް ޙަމަލާދޭނަން: ނަތަންޔާހޫ

# އިސްރާއިލް# ނަތަންޔާހޫ

ނިރުބަވެރި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްތީނުގެ ޣައްޒާގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެން މަޖުބޫރުވެފައިވާ ޣައްޒާއަށް އެއްގަމު މަގުން އަރައި ޙަމަލާދޭނެ ކަމަށް ނިރުބަވެރި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ގޮސިޔާ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިސްރާއީލަށް ވަޑައިގަތުމުގެ ކުރިން ނަތަންޔާހޫ ބުނީ، ހަމާސް އާއެކު ކުރިއަށްދާ މަޝްވަރާތައް ކޮންމެ ގޮތަކަށް ދިޔަ ކަމުގައިވީ ނަމަވެސް، އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން ރަފަޙްއަށް އެއްގަމުމަގުން އަރައި ޙަމަލާދޭނެ ކަމަށެވެ.

ނަތަންޔާހޫ އެހެން ބުނިއިރު، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް އެމެރިކާ އާއި މިސްރު މެދުވެރިކޮށް އިސްރާއީލުން އަންނަނީ ޙަމާސްއާ މަޝްވަރާކުރަަމުންނެވެ. މި މަޝްވަރާގައި އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ދެ ފަރާތުގެ ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުންނާއި ހަނގުރާމަ ހުއްޓާލެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.

އެހެން ނަމަވެސް ހަރުކަށި ނަތަންޔާހޫ ބުނީ މިދިޔަ އޮކްޓޯބަރުމަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދިނުން ހުއްޓާލާނީ ހަމާސް ނައްތައިލެވުމުން ކަމަށެވެ. އަދި އެއްބަސްވުމެއް ނެތް ނަމަވެސް ހަމާސް ބަލިކުރާނެ ކަމަށް އޭނާ ބުންޏެވެ.

ނަތަންޔާހޫ އެހެން ބުނެފައިވާއިރު، އިސްރާއީލަށް ވާގިވެރިވާ އެމެރިކާ އިން ވެސް ވަނީ ރަފަހްއަށް އެރުމާ ދެކޮޅު ހަދާފައެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ވައިޓްހައުސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުން ރަފާ ހިފުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމުގައެވެ.

އެކަމުގެ ކަންބޮޑުވުން އ.ދ އިން ވެސް ފާޅުކޮށްފައިވާއިރު އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއަރޒް މާޓިން ގްރިފިތްސް ވިދާޅުވީ، އިސްރާއީލުން ރަފާޙް ހިފައިފިނަމަ ކުރިމަތިވާނެ މުސީބާތްތައް ބުނެދޭންވެސް ނޭގޭހާ ބޮޑުވާނެ ކަމަށާއި، ކުރިމަތިވާނެ ގެއްލުންތަކާ ހަމަހަމަ ކުރެވޭ ވަރުގެ އިންސާނީ އެހީގެ އޮޕަރޭޝަނެއް ހިންގިދާނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ފާއިތިވު 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ރަފާހްއަށް ޙަމަލާދީފައެވެ.

ރަފާޙްގައި މިހާރު ވެސް ދޮޅު މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާއިރު، މި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ ފަލަސްތީނުގެ 34,488 ޝަހީދުކޮށްފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ