--
އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީ ދާއިމީ ކާޑަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އިން ބުނެފި އެވެ.
އައިޑީ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ހުށަހެޅުއްވި މައްސަލަ ދިރާސާކުރަމުން އަންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ވަނީ ޑީއެންއާރާއި އިމިގްރޭޝަންގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ 10-40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމީ، މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫސުފް ވިދާޅުވީ ޑީއެންއާރް އިން އެކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަމާ ގުޅޭ ކަރުދާހެއް ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ.