logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ގެމަލޭންޑުން އެކަތި ސްޕޯޓްސް ކުލަބު ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ގެމަލޭންޑުން އެކަތި ސްޕޯޓްސް ކުލަބު ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/26/2024, 11:35:04 AM

# ފުޓްސަލް# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ދިވެހި ކުޅިވަރު

އެކަތި ސްޕޯޓްސް ކުލަބާއި އެފްސީ ގެމަލޭންޑް ވާދަކުރި މެޗުގެ ކުރިން ދެޓީމުގެ ކެޕްޓަނުން . ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް އޭގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި އެކަތި ސްޕޯޓްސް ކުލަބާއި އެފްސީ ގެމަލޭންޑް ވާދަކުރި މެޗު 4-2 ގެ ނަތީޖާއަކުން ގެމަލޭންޑް ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

މުބާރާތުގައި އެކަތި ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން އަނާކީ އަތުން އެޓީމު ބަލިވެފައިވާއިރު، މުބާރާތުގައި އެފްސީ ގެމަލޭންޑުން ކުޅުނު ފުރަތަމަ މެޗުގައި ޕާކް ސްޕޯޓްސް ކުލަބު އަތުން އެޓީމު ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ގެމަލޭންޑުންނެވެ. މިލަނޑު މެޗު ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ތާއިމް އެވެ.

އެކަތި ސްޕޯޓްސް ކުލަބުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ޔަޒްދާން ރަޝީދު އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ގެމަލޭންޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހީމް ޞަޚާފް އާދަމް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ގެމަލޭންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 28 ވަނަ މިނެޓުގައި އެކަތި ސްޕޯޓްސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ގެމަލޭންޑުން ވަނީ އަނެއްކާވެސް އިތުރު ލަނޑެއް ކާމިޔާބުކޮށް ތިންވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ރަޝީދު އެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި ހަސަން ރަޝީދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ގެމަލޭންޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގެމަލޭންޑްގެ ހަސަން ރަޝީދު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ