logoEN
cocacola
އަނާކީ ބަލިކޮށް ބާކީ އެސްސީ މުބާރާތް ފެށީ އިތުބާރާއެކު

އަނާކީ ބަލިކޮށް ބާކީ އެސްސީ މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

4/26/2024, 11:27:40 AM

# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް# ދިވެހި ކުޅިވަރު

ބާކީ އެސްސީ އާއި އަނާކީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް އޭގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބާކީ އެސްސީ އާއި އަނާކީ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

އަނާކީ ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 4-3 ގެ ނަތީޖާއަކުން އެކަތި ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވެފައިވާއިރު، މިއީ ބާކީ އެސްސީ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފު 3-1 ގެ ނަތީޖާއަކުން ބާކީ އެސްސީ ކުރީގައި އޮވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ބާކީ އެސްސީ ކުރީގައި އޮވެގެންނެވެ.

މިމެޗުގައި ބަކީ އެސްސީގެ ސަމްއާން އަބްދުއް ޝުކޫރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު މުއާދު އަދި މުހައްމަދު އިޖުލާޒް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އަނާކީ ގެ މުހައްމަދު ސާއިން ސަލީމް އަދި ހުސެއިން ފާއިޒް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބާކީ އެސްސީގެ ސަމްއާން އަބްދުއް ޝުކޫރު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ