logoEN
cocacola
ލަމާންގެ 5 ލަނޑާއެކު ބީޖީ  ބަލިކޮށް  ގެލަކްޓިކޯސް އިން ފެންވަރު ދައްކާލައިފި

ލަމާންގެ 5 ލަނޑާއެކު ބީޖީ ބަލިކޮށް ގެލަކްޓިކޯސް އިން ފެންވަރު ދައްކާލައިފި

ހަސަން ޝަމްއޫން

logo

4/26/2024, 11:21:42 AM

# ފުޓްސަލް# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ބީޖީ އާއި ގެލަޓިކޯސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާއި ކްލަބް ގެލަކްޓިކޯސް ވާދަކުރި މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގެލަކްޓިކޯސް އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފު 4-2 ގެ ނަތީޖާއަކުން ގެލަކްޓިކޯސް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުފައި ގެލަކްޓިކޯސް އިން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ބީޖީ ސްޕޯޓްސް ކުލަބުން ވެސް އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 7-3 ގެ ނަތީޖާއަކުން ގެލަކްޓިކޯސް ކުރީގައި އޮވެގެންނެވެ.

މިމެޗުގައި ގެލަކްޓިކޯސް ގެ ލަމާން ޒުހައިރު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ވިޝާހް އަބްދުލް މަޖީދު އަދި އަބްދުﷲ ލޫތު އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑުކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ބީޖީ ސްޕޯޓްސް ކުލަބުގެ އަހުމަދު ޒަމީން، އާޒިމް މުހައްމަދު އަދި އަލީ އަހްލާމް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގެލަކްޓިކޯސް ގެ ލަމާން ޒުހައިރު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ