logoEN
cocacola
ޖަވާދުގެ ހެޓްރިކާއެކު ދަ ގްރާންޑޭ އަތުން  ޒެނޮފީލިއާ އަށް ފަސޭހަ މޮޅެއް

ޖަވާދުގެ ހެޓްރިކާއެކު ދަ ގްރާންޑޭ އަތުން ޒެނޮފީލިއާ އަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

4/26/2024, 11:15:11 AM

# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް# ދިވެހި ކުޅިވަރު

ޒެނޮފީލިއާ އާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ޒެނޮފީލިއާ އާއި ދަ ގްރާންޑޭ އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެނޮފީލިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ޒެނޮފީލިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުނަފު ޒާހިރު އެވެ.

ޒެނޮފީލިއާ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ޖަވާދު އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އިލްހާން އިސްމާއިލް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންފިޔައީ 2-1 ގެ ނަތީޖާއަކުން ޒެނޮފީލިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޒެނޮފީލިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔަބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ޖަވާދު، އިތުރު ދެލަނޑު ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އަހުނަފް ޒާހިރު އަދި އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޒެނޮފީލިއާގެ އަހުނަފް ޒާހިރު އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ