logoEN
cocacola
ކުރީގެ މެންބަރުންގެ އިނާޔަތް އުވާލަން ވަކާލާތު ކުރާނަން: ޝުޖާއު

ކުރީގެ މެންބަރުންގެ އިނާޔަތް އުވާލަން ވަކާލާތު ކުރާނަން: ޝުޖާއު

އަލްފާ އަލީ

logo

4/25/2024, 7:28:41 AM

# ޝުޖާއު

-

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް، އުމުރު ދުވަހަށް ދޭ އިނާޔަތްތައް ކަނޑާލަން ވަކާލާތުކުރައްވާނެ ކަމަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޝުޖާއު މިހެން ވިދާޅުވެފައިވަނީ, ދައުލަތުގެ ހަރަދުކުޑަކުރުމަށްޓަކައި ކުރީގެ މަޖިލިސް މެމްބަރުންނަށް ދެމުން އަންނަ އިނާޔަތް މެދުކަނޑާލަން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޝުޖާއުވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި, އަދި މަޖިލިސް ބަހުސްގައިވެސް ކުރީގެ މަޖިލިސް މެމްބަރުންގެ އިނާޔަތްތައް ކަނޑާލަން ވަކާލާތުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ, ރައީސް ކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބޮޑެތި އިނާޔަތްތައް(މަޤާމުން ވަކިވުމަށްފަހު), ފަނޑިޔާރުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް(މަޤާމުން ވަކިވުމަށްފަހު), މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތައް.(މަޤާމުން ވަކިވުމަށްފަހު) ކަނޑާލަން މަޖިލީޙުގައި ވަކާލާތުކުރާނެ ކަމަށެވެ.

"މި ތިން ދާއިރާވެސް ހަމަ ހަމަ ކަމާއެކު ވުމަކީ އަޅުގަނޑު ތާޢީދު ކުރިގޮތް.އެކަމަށް ވަކާލާތުވެސް ކުރާނޭވެސް ގޮތް.މި ތިން މަޤާމު އަދާ ކުރި ފަރާތަކުގެ ތެރެއިން ވަކި މަޤާމެއް ތަފާތު ކުރުމަކީ އިންސާފެއް ނޫން.މިކަމަށް ހެޔޮ ނިޔަތުގައި ވަކާލާތު ކުރައްވާ ހުރިހާ ފަރާތްތަކުން މި ތިން މަޤާމު އަދާކޮށްފައިވާ ފަރާތްތަކަން ލިބޭ އިނާޔަތްތައް އުނި ކުރުމަށް އަޑު އުފުލުމަކީ އެކަމުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވާނޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން." - ޝުޖާއު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުކަން ކުރައްވާ ބޭފުޅުންނަށް، އެކި މިންވަރަށް މާލީ އިނާޔަތް ދޭން ގާނޫނުން ލާޒިމް ކުރެއެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެއެވެ. މެންބަރުންނަށް އެ އިނާޔަތް ލިބޭނީ މަގާމުން ވަކިވުމަށް ފަހުގައި އަދި އުމުރުން 55 އަހަރުވުމަށް ފަހުގައެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންނަށް ދެވޭ ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް ކުރީގެ މެމްބަރުންނަށް އޮވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ