logoEN
cocacola
23 އަހަރަށް ފަހު ނަޗޯ ރެއާލް މެޑްރިޑް ދޫކޮށްލަނީ

23 އަހަރަށް ފަހު ނަޗޯ ރެއާލް މެޑްރިޑް ދޫކޮށްލަނީ

ހަސަން ޝަމްއޫން

logo

4/21/2024, 1:21:59 AM

# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު

ރެއާލް މެޑްރިގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް

ރެއާލް މެޑްރިޑުގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް މި ސީޒަނަށް ނިމުމުން ކުލަބު ދޫކޮށްލަން ނިންމައިފިއެވެ.

ގޮސިޔާ

އުމުރުން 34 އަހަރުގެ ޑިފެންޑަރު ރެއާލް މެޑްރިޑާއި ގުޅިފައިވަނީ 2001 ވަނަ އަހަރު އުމުރުން 11 އަހަރުގައެވެ. އަދި 2009 ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ރެއާލްގެ ރިޒާވު ޓީމަށް ކުޅުމަށްފަހު ރެއާލްގެ ސީނިއާރ ޓީމުން ނަޗޯ ޖާގަ ހޯދަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

ނަޗޯ ވަނީ ފާއިތުވެދިޔަ 23 އަހަރުތެރޭގައި ރެއާލް މެޑްރިޑަށް 466 މެޗު ކުޅެދީ 20 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލް އާއެކު 23 ތަށި ކާމިޔާބުކޮށްފައެވެ. އަދި މިސީޒަނުގައި ރެއާލް މެޑްރިޑާއި އެކު ލީގު އަދި ޗެންޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ ނަޗޯ ވެގެންދާނީ އެކުލަބުގެ ތާރީޚްގައި އެންމެ ކާމިޔާބު ކުޅުންތެރިއާ އަށެވެ.

މީގެއިތުރުން ނަޗޯ އަކީ 2013 ވަނަ އަހަރުން ފެށުގެން ސްޕެއިންގެ ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 17 އަހަރާއި 21 އަހަރުން ދަށުގެ ޔޫރޯ އަދި 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ އިތުރުން ޔުއެފާ ނެޝަނަލް ލީގު ޗެންޕިއަންކަން ހޯދާފައެވެ. އަދި މިމުއްދަތުގައި ނަޗޯ ވަނީ ގައުމީ ޓީމަށް 24 މެޗު ކުޅެ އެއްލަނޑު ކާމިޔާބުކޮށްދީފައެވެ.

މީޑިއާ ރިޕޯތައް ބުނާގޮތުގައި ނަޗޯ ރެއާލް ދޫކޮށްލުމަށް ނިންމާފައިވަނީ އާއިލީ ސަބަބަކާއި ހުރެއެވެ. ނަމަވެސް ރެއާލް މެޑްރިޑުން މިކަމާމެދު އަދި ރަސްމީކޮށް ވާހަކަ ނުދައްކަ އެވެ. އަދި ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ނަޗޯގެ ނިންމުމަށް ކުލަބުން އިހްތިރާމް ކުރާނެ ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި ކުލަބުގެ ދޮރު ނަޗޯ އަށް ހުޅުވިފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ