logoEN
PNC TOP 3
ކ.މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފަށައިފި

ކ.މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފަށައިފި

އަލްފާ އަލީ

logo

4/20/2024, 5:57:59 PM

# ކ. މާފުށި

--

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

PNC MID 2

އެ ރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުމާ ގުޅިގެން، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމާ ބެހޭގޮތުން މާފުށި ކައުންސިލާއެކު މިއަދު ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކ.މާފުށްޓަކީ މާލެ ސިޓީ ފިޔަވައި ކ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ. މިޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު އިތުރު ރަށްރަށަށް ކުރިމަގުގައި ދިނުމަށްވެސް ވަނީ ޕްލޭން ކުރެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC