
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން
ހއ ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއިން މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ވަނީ ސޮއިކޮށްފައި އެވެ.
އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށްފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ.
އެމްޓީސީސީއިން މައުލޫމާތުދޭގޮތުގައި މި މަޝްރޫއުގެ ދަށުން 3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އެޅުމަށް ވަނީ ނިންމާފައި އެވެ. މި މަޝްރޫއަކީ 25 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެކުންފުނިން ބުނެއެވެ.
ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ.
ގުޅުންހުރި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި
.jpeg&w=3840&q=75)
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު: ތިންވަނަ ބެރިއަރ އައިލެންޑް ހެދުމުގެ މަސައްކަތް ނިމެނީ!




