logoEN
cocacola
ނައިބު ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ގދ އަތޮޅަށް!

ނައިބު ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ގދ އަތޮޅަށް!

އަހުމަދު ޝުރާއު

logo

4/18/2024, 8:58:20 AM

# ނައިބު ރައީސް ހުސެއިން

ނައިބު ރައީސް ކާޑެއްދޫގައި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ނުރަސްމީ ދަތުރުފުޅެއްގައި ގދ އަތޮޅަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ނައިބު ރައީސް ގދ އަތޮޅަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. އެގޮތުން ކާޑެއްދޫ އެއާޕޯޓުން ނައިބު ރައީސްއަށް މަރުހަބާ ދެންނެވީ ގދ އަތޮޅުގެ ބައެއް ކައުންސިލް ތަކުގެ ރައީސުންނާއި ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް އިސްވެރިންނެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރ ޝަފީއު އާއި ބީސީސީގެ އެމްޑީ ޒިޔާއު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މައުލޫމާތު ލިބޭގޮތުގައި ނައިބު ރައީސް ގދ އަތޮޅަށް ވަޑައިގެންނެވި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޯޅިޝަންގެ ޓިކެޓުގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން ހަަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނައިބު ރައީސް ހުސެއިން އަކީ ގދ އަތޮޅު ފަރެސްމާތޮޑާއަށް އުފަން ބޭފުޅެކެވެ. އެގޮތުން ނައިބު ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ވެސް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ