logoEN
cocacola
ޖަޒީރާ ޓެލެގްރާމް ޗެނަލް މައްސަލައިގައި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ޖަޒީރާ ޓެލެގްރާމް ޗެނަލް މައްސަލައިގައި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އައިޝަތު އިފާޝާ

logo

4/16/2024, 7:29:58 AM

# ފުލުހުން

.

ޖަޒީރާ ޓެލެގްރާމް ޗެނަލް މައްސަލައިގައި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ, ޖަޒީރާ ޓެލެގްރާމް ޗެނަލުގެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަސް ދީފައިވާ ކަމަށާއި, އެ މުއްދަތު ހަމަވުމުން އިތރު 15 ދުވަހުގެ މުއްދަތެއް އޭނާ ބަންދުކުރުމަށް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހަށިވިއްކުން ފަދަ ނުބައި އަމަލުތައް ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކެއް ހިންގަމުންދިޔަ އަންހެނަކާއި ފިރިހެނަކު މިދިޔަ މަހުގެ 6 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ"ޖަޒީރާ އެޑްމިން", ޖަޒީރާ ގާރލްސް", "ޖަޒީރާ އެސްކޯޓް ގެލެރީ", ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު" ގެ ނަމުގައި 2023 އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން އޭރު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 39 އަހަރުގެ ދިވެހި އަންނެހެނެކެވެ.

އަދި އެ ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގ އާއި ޑްރަގް ޓްރެފިކިންގ އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

އަދި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުޢާމަލާތްތަކަށް ބަލާއިރު, އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައިވާ ކަމަށައި, ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިފަދަ ގާނޫނާ ޚިލާފު ކަންކަމާ ދުރުވެ މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ