logoEN
cocacola
ހިޒްބުالله ޖަމާއަތުން ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ޒަހަމްކޮށްލައިފި

ހިޒްބުالله ޖަމާއަތުން ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

4/15/2024, 4:48:50 PM

# ލުބްނާން

ހިޒްބުالله ޖަމާއަތުން ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ޒަހަމްކޮށްލުން

އިސްރާއީލުގެ ބޯޑަރު ކައިރީގައި ލުބްނާނުގައި ދިން ބޮމުގެ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ގޮސިޔާ

މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިންނެވެ. ހިޒްބުالله އިން ބުނީ ލުބުނާނުގެ ސަރަހައްދަށް ވަތް އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ބޮމެއް ގޮއްވާލާފައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން މި ހަމަލާދީފައިވަނީ އިޒްރޭލުގެ ބޯޑަރު ކައިރީގައި އޮންނަ ލުބްނާނުގެ ދެކުނުގެ ތެލް އިސްމާއިލް ސަރަހައްދުގައި ކަމަށެވެ. އެ ޖަމާއަތުން އިތުރުަށް ބުނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ގޮވާ ޑިވައިސްތައް ގޮއްވާލީ އިޒްރޭލު ސިފައިންގެ ޕެޓްރޯލެއް ލުބުނާނަށް ހުރަސްކޮށް އެ ޑިވައިސްތައް ބަހައްޓާފައި ހުރި ސަރަހައްދަށް ދިއުމުން ކަމަށެވެ.

މި ހަމަލާތަކުގައި އިސްރާއީލުގެ ބައެއް ސިފައިން މަރާލި ކަމަށް ހިޒްބުالله ޖަމާއަތުން ބުނި ނަމަވެސް އެކަން އިސްރާއީލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމިުން ބުނީ، ލުބުނާނުގެ ސަރަހައްދުގެ އެތައް ސަތޭކަ މީޓަރު ބޭރުން ރޭގަނޑު ދިން ބޮމުގެ ހަމަލާގައި އިސްރާއީލު ސިފައިންގެ ހަތަރު ޓްރޫޕެއްގެ ސިފައިން ޒަހަމްވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ