
ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މާފަރު ފަޅު ތެރޭގައި ހިމެނޭ ދެރަށް މާފަރުގެ އިހްތިޞާސްގެ ތެރޭގައި ހަމަނުއްވައިފި
# ރައީސް މުއިއްޒުރައީސް މުއިއްޒު މާފަރު ކައުންސިލާއި ބައްދަލުކުރެއްވުން
ނ. މާފަރު ފަޅުގެ ތެރޭ ހިމެނޭ ކަނޑިންމާހުރާއާއި ފަރުމުލި އަލުން މާފަރުގެ އިހްތިޞާސްގެ ތެރޭ މިއަދު ހިމަނައިފި އެވެ.

ރައީސް މުއިއްޒު ސޮއިކުރައްވައި މިއަދު ގެޒެޓު ކުރި ގަރާރުގައި ބުނެފައި ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
މި ދެ ރަށް މާފަރުގެ އިހްތިސާސުން ވަކިކޮށްފައި ވަނީ އޮކްޓޫބަރު 14، 2010 ގަ އެވެ.
އިހްތިޞާސުން އުނިކުރި ބައި އަލުން ހިމަނައިދިނުމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒު ވަނީ މާފަރު ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ. ރަށްރަށުގެ ކައުންސިލްތައް ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ދޫކުރަމުން ގެންދާނެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ހާމަވެސް ކުރައްވާފައި އެވެ.
ގުޅުންހުރި

ރައީސްގެ ސްކޮލަޝިޕް: ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް އުސޫލު ބަދަލުކޮށްފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1190 ހައުސިން ޔުނިޓުގެ މަސައްކަތް ބީޔޫސީޖީއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ - ރައީސް

.gif&w=3840&q=75)



