logoEN
cocacola
ފިޔޯރީ ހިމެނޭހެން ދެ ރަށެއްގައި މަސް ފެކްޓަރީ އެޅުމަށާއި ފެލިވަރި ތަރަޢްޤީކުރުމަށް ޗައިނާ ކުންފުންޏަކަށް!

ފިޔޯރީ ހިމެނޭހެން ދެ ރަށެއްގައި މަސް ފެކްޓަރީ އެޅުމަށާއި ފެލިވަރި ތަރަޢްޤީކުރުމަށް ޗައިނާ ކުންފުންޏަކަށް!

އަހުމަދު ޝުރާއު

logo

4/14/2024, 12:12:17 PM

# ފިޝަރީޒް މިނިސްޓްރީ

ޗައިނާ ކުންފުންޏާއި އެކު ފިޝަރީޒް މިނިސްޓްރީއިން ސޮއިކުރަނީ

ދެ ރަށެއްގައި މަސް ފެކްޓަރީ ތަރައްޤީކޮށް ޅ ފެލިވަރު އިތުރަށް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއި މިއަދު ހަވާލުކުކޮށްފި އެވެ.

ގޮސިޔާ

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ތިން ރަށެއްގައި މަސް ފެކްޓަރީގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މިއަދު ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާއެކު އެމްއޯޔޫއެއްގައި މިއަދު އެ ވުޒާރާއިން ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން ސޮއިކުރި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމް އެވެ. ސޮއިކޮށްފައިވަނީ ގދ ފިޔޯރީ, ދ މާދެލި އަދި ޅ. ފެލިވަރުގައި ފިޝް ލޭންޑިން، ޕްރޮސެސިން އެންޑް ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީކުރުމަށެވެ.

View post on Twitter

ދ. އަތޮޅުގެ މަޝްރޫއު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބަނދަރު ތަރައްގީ ކުރުމާއި ލޭންޑިން ފެސިލިޓީއާއި އެކޮމޮޑޭޝަނާއި މަގުތަކުގެ އިތުރުން 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީ އެއް ގާއިމް ކުރާނެ އެވެ. ދެވަނަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދުވާލެއްގެ މައްޗަށް 50 މިލިއަން ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރުމަށެވެ.

ފިޔޯރީ ޕްރޮޖެކްޓްގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީއަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި ފިޝް މީލް ޕްލާންޓަކާއި ރިހާކުރު އުފެއްދުމުގެ ފެސިލިޓީއެއް ހުންނާނެ އެވެ.

ފެލިވަރު ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ 38 އަހަރުވީ ކެނެރީގެ ބަދަލުގައި ދުވާލެއްގެ މައްޗަށް 100 މިލިއަން ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ