![ބޭނުންވަނީ ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދާން - ރައީސް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2F354532_0f5aa2cd-1_.jpeg&w=3840&q=75)
ރައީސް މުއިއްޒު
ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާކަމަށާއި، އަދި އެންމެ ދުވަހެއްވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ފީއަލީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށްވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތްކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާކަމުގައެވެ. އެހެންކަމުން އެކަންކަން ހަޤީޤަތަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެކަންކަން އަވަހަށް ތަންފީޒުކުރުމަށް ފަސޭހަވެގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
ފީއައްޔަކީ، ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު އުތުރުބުރީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އެންމެ ފަހު މަންޒިލެވެ.
ގުޅުންހުރި
![މިނިވަން ދުވަހުގެ ރޭ ރައީސް މުއިއްޒު ގައުމާއި މުހާތަބު ކުރައްވާނެ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2Finves-67c97456bd43d506.webp&w=3840&q=75)
މިނިވަން ދުވަހުގެ ރޭ ރައީސް މުއިއްޒު ގައުމާއި މުހާތަބު ކުރައްވާނެ
![ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ޔޫރަޕު ކޯލެޓީގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F362444_88dd5c94-8_.jpg&w=3840&q=75)
ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ޔޫރަޕު ކޯލެޓީގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފި
![ގަވަރުނަރުގެ މަޤާމަށް މުނައްވަރު ޢައްޔަންކުރެއްވުމާއިމެދު މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F332986_ab9c13c1-3_.webp&w=3840&q=75)
ގަވަރުނަރުގެ މަޤާމަށް މުނައްވަރު ޢައްޔަންކުރެއްވުމާއިމެދު މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި
![ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ކެބިނެޓުން ނިންމައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F362439_2e3bccf4-5_.jpg&w=3840&q=75)