logoEN
cocacola
ރަށުން ބޭރުގައި ބޯންމައުތު އަތުން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ބުރޫނޯ ފެނާންޑޭޒް

ރަށުން ބޭރުގައި ބޯންމައުތު އަތުން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ބުރޫނޯ ފެނާންޑޭޒް

ހަސަން ޝަމްއޫން

logo

4/14/2024, 3:23:00 AM

# އިނގިރޭސި ޕްރެމިއާ ލީގު# މެންޗެސްޓާ ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ބޯންމައުތު

ބުރޫނޯ ފެނާންޑޭޒް ބޯންމައުތާއި ދެކޮޅަށް ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދެނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބޯންމައުތާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ބޯންމައުތުން ކާމިޔާބުކޮށްފައިވާއިރު، މިމެޗުގައި ވެސް ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބޯންމައުތުން ނެވެ.

މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ޑޮމެނިކް ސޮލަންކޭ އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު މާކޯސް ސެނެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 32 މެޗުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ބޯންމައުތުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ޖަސްޓިން ކުލައިވެޓް އެވެ. މިއީ ވެސް އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު މާކޯސް ސެނެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބޯންމައުތު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ބުރޫނޯ ފެނާންޑޭޒް އެވެ. މިއީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއާއެކު ލީގުގައި ކުޅުނު 32 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 50 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން ބޯންމައުތަށް 42 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 12 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ