logoEN
cocacola
މާލޭގެ މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި, ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި, ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސްކޮށްފި

އައިޝަތު އިފާޝާ

logo

4/13/2024, 2:08:39 PM

# އެންޑީއެމްއޭ# އެމްއެންޑީއެފް# ފުލުހުން# މޫސުން

މާލޭގެ މަގުތަކުގެ ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ

ވިއްސާރަވެ މާލޭގެ މަގުތަކުގެ ފެންބޮޑުވުމާއި ގުޅިގެން, ބާރު ސްޕީޑްގައި ވެހިކަލު ނުދުއްވުމަށާއި, ޒަރޫރީ ދަތުރުތައް މެނުވީ ނުކުރެއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ގޮސިޔާ

މިއަދު މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މާލެއަށް ބޯކޮށް ވާރޭވި ފެންބޮޑުވެފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންގެންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 57 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި, މި ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާއިރު, މާލޭގެ 14 ގެއެއްގެ ވެލި ބަސްތާ ޖެހުމުގައިވެސް އެމްއެންޑީއެފްފެ މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ހއ އިން ފެށިގެން ފ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ