logoEN
cocacola
 ވިއްސާރައިގެ ސަބަބުން  ކ.ގުރައިދޫގެ ގިނަ ގެތަކަކަށް އަސަރުކުރަނީ

ވިއްސާރައިގެ ސަބަބުން ކ.ގުރައިދޫގެ ގިނަ ގެތަކަކަށް އަސަރުކުރަނީ

އަހުމަދު ޝުރާއު

logo

4/29/2024, 5:23:29 PM

# މޫސުން# އެންޑީއެމްއޭ

ގުރައިދޫއަށް ކުރަމުން އަންނަ ވިއްސާރަ

މިހާރު ރާއްޖެއަަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކ.ގުރައިދޫގެ ގިނަ ގެތަކަކަށް އަސަރުކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ބުނެފި އެވެ.

ގޮސިޔާ

އެންޑީއެމްއޭ އިން މިރޭ ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ކ.ގުރައިދޫގައި ފެންބޮޑުވެ ގިނަ ގޭގެއަށް އަސަރުކުރަމުން އެބަދާ ކަމަށާއި މި ހާދިސާއަށް އިޖާބަ ދިނުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ ރައްޔިތުން އަދި މުވައްސަސާތައް ގުޅިގެން އަންނަނީ ކުރަމުން ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ހުދު ސަމާލު މިރޭވެސް ވަނީ ނެރެފައިއެވެ. މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މިރޭ 1:00 އާ ހަމައަށެވެ.

View post on Twitter

މޫސުމާ ބެހޭ ގައުމީ އިދާރާއީން މިރޭ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަޑުގައި ގަދަވާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ