logoEN
cocacola
ކޮވިޑް ތެރޭގައި ދޫކުރި ލޯނުތަކުގެ ޖޫރިމަނާ މައާފުކުރަން ރައީސް ނިންމަވައިފި

ކޮވިޑް ތެރޭގައި ދޫކުރި ލޯނުތަކުގެ ޖޫރިމަނާ މައާފުކުރަން ރައީސް ނިންމަވައިފި

އައިޝަތު އިފާޝާ

logo

4/11/2024, 6:08:17 PM

# ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ލާމު ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ސަރުކާރުން, ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރި ލޯނުތަކުގެ ޖޫރިމަނާ މަޢާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ގޮސިޔާ

ރައީސް ޑރ މުޢިއްޒު މިކަން ހާމަކުރެއްވީ, ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އެސްޑީއެފްސީ މެދުވެރިކޮށް ނެގި ލޯނުތަކަށް ފައިސާ ނުދެއްކިފައި ގިނަ ބަޔަކު ތިބި ކަމަށާއި، އެފަދަ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ލޯނުތަކުގެ ޖޫރިމަނާ މައާފުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ލޯނު ނެގި މީހުން އީދު ބަންދަށް ފަހު، އެސްޑީއެފްސީއަށް ފޯމު ހުށަހަޅައިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެޗްޑީއެފްސީ މެދުވެރިކޮށް ނެގި ހައުސިން ލޯނުތަކަށް ވެސް ބޮޑު ޖޫރިމަނާއެއް އަރައި އެ ނުދެއްކިގެން ގިނަ ބަޔަކު އުޅެމުންދާތީ، އެ ލޯނުތަކުގެ ޖޫރިމަނާ ވެސް މައާފުކުރަން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ.

"އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމަށް ހުޅުވާލާނަން. އެއީ ލޯނުތައް ނެގި އެންމެންގެ އިންޓަރެސްޓް. ދެން އެ ލޯނު ނެގި މީހުންނަށް އެއަށް އެޕްލައިކޮށް އެގްރީމަންޓް ހެދީމަ އިންޓްރެސްޓް މާފުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނީ ވެސް މި ލޯނުތަކުގެ އިންޓަރެސްޓް މައާފުކުރާނެ ކަމުގެ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އެކަމަކު މި ސަރުކާރަކީ އަމަލީ ގޮތުން ކަންކަން ކުރާނެ ސަރުކާރެއް ކަމަށާއި އިންތިހާބުތައް ބޯމަތިވަންދެން ކަންކަން ކުރަން މަޑުނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ