
ރައީސް ޑރ. މުހައްމަދު މުއިއްޒު --
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ސަރުކާރުން ހިންގަން ނިންމާފައިވާ 50 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫޢުތައް ޖޫން މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ, ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ, މާވަށުގައިވެސް ތަރައްގީގެ މުހިންމު މަޝްރޫއުތަަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މިއަހަރުގެ ބަޖެޓުގައި ބައެއް މަޝްރޫއުތައް ހިމެނިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މިއަހަރުގެ ބަޖެޓަކީ ކުރީގެ ސަރުކާރުން ފާސްކުރި ބަޖެޓެއްކަމުން މިސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ހުރިހާ މަޝްރޫއެއް ބަޖެޓުގައި ހިމެނިފައިނުވާ ކަމަށެވެ.
"މާ ބޮޑެތި ނޫން މަޝްރޫއުތައް މިހާރު ހުންނާނީ ގިނަ ރަށްތަކުގައި ފެށިފައި، އަލަށް ވެސް. މިއީ ޖުމްލަކޮށް އަޅުގަނޑު މުޅި ރާއްޖެއަށް ދަންނަވާ ވާހަކައެއް. މި ރަށުގައި ވެސް ކުދި މަޝްރޫއެއް ވެއްޖެއްޔާ ފެށޭނެ. ބޮޑެތި މަޝްރޫއުތައް، ބިން ހިއްކުން، ބަނދަރު ހެދުން، މަގު ހެދުން، މިހާރު އަހަރު މެދަށް މިދަނީ. ޖޫން، ޖުލައި ހިސާބުގައި މި ސްކޭލްގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 50 މިލިއަން ރުފިޔާއިން މަތީގެ ގިނަ މަޝްރޫޢުތައް ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވާކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުންފަދަ ބޮޑެތި މަޝްރޫއުތައް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވި އެވެ. ބާކީހުރި ގިނަ މަޝްރޫޢުތައް އަހަރުގެ ބާކީ ބައިގައި ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި

ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސްގެ އިލްތިމާސް!

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް - ރައީސް

ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
.jpg&w=3840&q=75)