logoEN
cocacola
އީ-ޕެޓިޝަން ތައާރަފް ކުރަން އާންމުންގެ ހިޔާލު ހޯދަނީ

އީ-ޕެޓިޝަން ތައާރަފް ކުރަން އާންމުންގެ ހިޔާލު ހޯދަނީ

އަލްފާ އަލީ

logo

4/8/2024, 12:25:57 PM

# ރައްޔިތުންގެ މަޖިލިސް# އީ-ޕެޓިޝަން

ރައްޔިތުންގެ މަޖިލިސް އިދާެރާ -- ފޮޓޯ| އަހުމަދު ޝުރާއު

ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ހުށަހެޅޭ ނިޒާމެއް ގާއިމު ކުރުމުގެ އެކަމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ގޮސިޔާ

މަޖިލިސް އިދާރާއިން ބުނީ, އެއިދާރާއާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފުކުރަން ނިންމާފައިވާ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 އާ ހަމައަށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ. މި ކަމަށް ހިޔާލު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް އަދި އެކަމަށް ހާއްސަ ލިންކް އިންނެވެ.

މި ނިޒާމާ ގުޅޭ ތަފްސީލްތައް ހާމަކުރުމަށް މައުލޫމާތު ބައްދަލުވުންތަކެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި ޖަމިއްޔާތަކަށް މި ބައްދަލުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުން ހަމަޖެހިފައި އޮތީ 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

އީ-ޕެޓިޝަން ސިޔާސަތު ކަރުދާހުގައިވާ ގޮތުން މި ނިޒާމި ފަރުމާ ކުރާނީ ގައުމީ ޑިޖިޓަލް އައިޑީ ފަދަ ކާކުކަން އަންގައިދޭ ވަސީލަތެއް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ. އަދި ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ބަލައި، މަޖިލީހުގެ ކޮމިޓީން އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 0.5 ޕަސެންޓް މީހުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަންތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ