logoEN
cocacola
އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރެއްވުން މެއި 28 ގައި!

އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރެއްވުން މެއި 28 ގައި!

އަލްފާ އަލީ

logo

4/23/2024, 8:13:34 AM

# މަޖިލިސް20# ރައްޔިތުންގެ މަޖިލިސް

---

އަލަށް އިންތިޚާބުވެވަޑައިގެންނެވި މަޖިލިސް މެންބަރުން ހުވާ ކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.

ގޮސިޔާ

މިކަން އާއްމުކޮށް އިއުލާންކޮށްފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެވެ.

އަސްލަމް ވިދާޅުވީ، އައު މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މަޖިލިސް އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެއެވެ. މި ދައުރުގެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އާދިއްތަ ދުވަހު ބޭއްވުނު 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިހާރު މަޖިލިސް ތަމްސީލް ކުރައްވާ ގިނަ މެމްބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލިސް 93 ގޮނޑީގެ ތެރެއިން ސަރުކާރު ހިންގާ ޕީއެެންސީއަށް 66 ގޮނޑި ވަނީ ލިބިވަޑައިގެންފައެވެ. އަދި ރައީސްގެ ތާއީދާއެކު މަޖިލީހަށް އިންތިހާބުވި މެމްނަރުންގެ އަދަދު 74 އަށް އަރައެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ