logoEN
cocacola
"ޢީދު އަލި" ހަރަކާތް މިރޭ ރައީސް ޑރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވަނީ

"ޢީދު އަލި" ހަރަކާތް މިރޭ ރައީސް ޑރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވަނީ

އައިޝަތު އިފާޝާ

logo

4/8/2024, 11:10:00 AM

# ޑރ. މުހައްމަދު މުއިއްޒު# ރައީސުލްޖުމްހޫރިއްޔާ

އީދު ފާހަގަކުރުމަށް ހިންގޭ "އީދު އަލި" ހަރަކާތަށް ދިއްލާފައި

ރާއްޖޭގައި ޢީދު ފާހަގަކުރުމަށް ހިންގޭ "ޢީދު އަލި" ހަރަކާތް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވާނެއެވެ.

ގޮސިޔާ

މި ހަރަކާތަކީ ރާއްޖޭގައި ޢީދު ފާހަގަކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. އެގޮތުން މި ހަރަކާތަކީ އީދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމަށް ހިންގޭ ހަރަކާތެކެވެ.

މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ޖުމްހޫރީމައިދާނުގައި ބޭއްވޭ ރަސްމިއްޔާތުގައެވެ. އަދި އެވަގުތު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައިވެސް ޢީދު އަލި ދިއްލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގިނަ ދުވަސްތަކަކަށް މެއިންޓެއިން ނުކުރެވި ހަލާކުވެ ވީރާނާވެފައިވާ ޖުމްހޫރީމައިދާނުގެ ފެން އަރުވާ ފައްވާރާ ވެސް މަރާމާތައްފަހު އަލުން އިފްތިތާޙް ކުރުން މިރޭ އޮންނާނެއެވެ.

މިރަސްމިއްޔާތަކީ އާންމުނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދެވޭ ހަރަކާތަކަށް ވުމުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން, އާއިލާ އާއިއެކު މިހަރަކާތުގައި ބައިވެރިވެވަޑާއިގަތުމަށް އެދި މިވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ދަޢުވަތު އަރުވައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ