
--
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ހިލާލީގެއަށް ބަދަލުވެވަޑައިގެންފި އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ.
ނައިބު ރައީސް މިހާތަނަށް ހިލާލީ ގެއަށް ބަދަލުވެވަޑައިގެންފައި ނުވަނީ އެގެކޮޅުގެ ބައެއް މަރާމާތުތަކެއް ކުރަންޖެހިފައި ހުރުމުން އެ މަސައްކަތް ނިންމުމަށެވެ.
ހިލާލީ ގެއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާ ރަސްމީ ގެކޮޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ރައީސްގެ ރަސްމީ ގެކޮޅު މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީވެސް މާރާމާތުތަކަށްފަހު ފެބްރުއަރީ މަހު ތެރޭގައެވެ.
ގުޅުންހުރި

ޙައްޖާއި ޢުމްރާގެ ޚިދުމަތް ދެއްވަން ވާނީ ވިޔަފާރިއަށް ވުރެ ދަރުމަ އާއި ޘަވާބު އިސްކޮށްގެން.- ނައިބު ރައީސް
.jpg&w=3840&q=75)
މި ސަރުކާރުން ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދޭނެ - ނައިބު ރައީސް

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އެއްބައިވަންތަ ރޫޙެއްގައި މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
