
ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަންގެ ގާފިލާއަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓަރފޮރިން މިނިސްޓްރީ
އިއްޔެ ވަގުތެއްގައި ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަންގެ ގާފިލާއަށް ދިން ވައިގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީން ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ސެންޓްރަލް ކިޗަންގެ ގާފިލާއަށް ހަމަލާދީ ބޭރުގެ 7 މަސައްކަތްތެރިން މަރާލީ ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެހީދޭ ފަރާތްތަކަށް ހަމަލާތައް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށާއި އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ އަދި. ޣައްޒާއަށް ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށާއި، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ނިންމަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މި ހިތާމައިގެ ދަނޑިވަޅުގައި ވޯލްޑް ސެންޓްރަލް ކިޗަންއަށާއި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުން ތައުޒިޔާ ދަންނަވައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިފައި އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އެހީ ފޯރުކޮށްދެމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަންގެ އެހީ ގާފިލާއަށް އިސްރާއީލުން ހަމަލާ ދިނީ ގަސްތުގައި ކަމަށް އަލް ޖަޒީރާގެ ތަހުގީގީ އިދާރާއިން ރޭ ވަނީ ބުނެފައި އެވެ. އިސްރާއީލުގެ މި ހަމަލާ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކުށްވެރި ކުރަމުންނެވެ.
ގުޅުންހުރި

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތްކުރާނަން - ޒަމީރު

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ހިމެނޭހެން ތިން ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ
