logoEN
cocacola
ކޮޕާ އިޓާލިއާ: ސެމީގެ ފުރަތަަމަ ލެގުގައި  ޔުވެންޓަސް އަތުން ލާޒިއޯ ބަލިވެއްޖެ

ކޮޕާ އިޓާލިއާ: ސެމީގެ ފުރަތަަމަ ލެގުގައި ޔުވެންޓަސް އަތުން ލާޒިއޯ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/3/2024, 4:30:27 AM

# ޔުވެންޓަސް # ބޭރު ދުނިޔޭގެ ކުޅިވަރު# ކޮޕާ އިޓާލިއާ # ލާޒިއޯ

ޔުވެންޓަސް އާއި ލާޒިޔޯ ވާދަކުރި މެޗުގެ ތެރެއިިން

ކޮޕާ އިޓާލިއާ ސެމީ ފައިނަލުގެ ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް އަތުން ލާޒިއޯ ބަލިވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފެޑެރިކޯ ޗިއެސާ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އަންދްރޭ ކެމްބިއާސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔުވެންޓަސް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ޑުސާން ވްލޮހަވިޗް އެވެ. މިއީ އެޓީމުގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކެނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ދެވަނަ ލެގުގެ މެޗު ލާޒިއޯގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ